Last Updated: April 20, 18:41
Saturday, April 20, 2024
މުނިފޫހިފިލުވުން

ދީޕިކާ އަށް ހާއްސަ ޝަރަފެއް

އިންޑިއާގެ މީހަކަށް މީގެ ކުރިން ނުލިބޭ ޝަރަފެއް ބަތަލާ ދީޕިކާ ޕަދްކޯނަށް ލިބިއްޖެ އެވެ.

އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންވެފައި ވަނީ ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނު ލުއީ ވިޓޯންގެ ފުރަތަމަ އިންޑިއާގެ ބްރޭންޑް އެމްބެސެރަށެވެ. އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށް، މާކެޓްކޮށް ދިނުމުގެ ފުރުސަތު މީގެ ކުރިން އިންޑިއާގެ އެއްވެސް ސެލެބްރިޓީއަކަށް ލިބިފައެއް ނުވެ އެވެ.

އެހެންވެ ލުއީ ވިޓޯނުން ލިބުނު އެމްބެސެޑަރު ކަމަކީ ބައިނަލްއަގްވާމީ މައިދާނުގައި ވެސް ދީޕިކާގެ ނުފޫޒު އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ. ހޮލީވުޑްގެ 2017 ގެ ފިލްމު "ރިޓާން އޮފް ޒެންޑަ ކޭޖް" ވެސް ކުޅުނު ބަތަލާ އަކީ މި މަހު ފަށާ 75 ވަނަ ކާންސް ފިލްމު ފިލްމު ފެސްޓިވަލްގެ ޖޫރީ މެމްބަރެއް ވެސް މެ އެވެ.

ފެޝަނުގެ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ބްރޭންޑް ކަމަށްވާ ލުއި ވިޓޯންގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮރުން ދީޕިކާ އެ ކުންފުނީގެ އެކިއެކި އުފެއްދުންތައް އިޝްތިހާރުކޮށްދޭނެ އެވެ. އެގޮތުން އެންމެ ފުރަތަމަ އުފެއްދުމަކީ ކޮނޑުގައި އަޅުވާ އަތްދަބަހެވެ. މި ވާހަކަ އޭނަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.