Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމްޑީޕީ އިންތިހާބު: ބޮޑުތަނުން ކުރީގައި ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރަން ފަށާފައިވާއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަމަށް މިހާތަނަށް އިއުލާންކުރި ނަތީޖާތަކުން ދައްކައިފި އެވެ.

މި އިންތިހާބުގައި ފައްޔާޒާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިންތި) އެވެ.

މިހާތަނަށް ގިނަ ވޯޓު ފޮށިތަކެއްގެ ނަތީޖާ އިއުލާންކޮށްފައިވާއިރު ފައްޔާޒު އުޅުއްވަނީ ގާތްގަނޑަކަށް 2،000 ވޯޓުން ކުރީގަ އެވެ.

ޗެއާޕާސަން އިންތިހާބުގެ އިތުރުން މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ވެސް ކުރިއަށް ގެންގޮސްފަަ އެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9 އިން ހަވީރު 6 ޖެހުމާ ހަމައަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.