Last Updated: April 19, 18:16
Friday, April 19, 2024
ދުނިޔެ

ފްރާންސަށް އަލުން އަންހެން ބޮޑުވަޒީރެއް

ތިރީސް އަހަރު ފަހުން އަނެއްކާ ވެސް ފްރާންސަށް އަންހެން ބޮޑުވަޒީރަކު އައްޔަންކޮށްފި އެވެ.

ސަރުކާރެއް ހިންގުމުގައި ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ އެއް މަގާމުގެ ތެރޭގައި ހިމެނޭ ބޮޑުވަޒީރުގެ މަގާމަށް ފްރާންސުން މި ފަހަރު އައްޔަން ކުރި އަންހެން ބޭފުޅަކީ އެލިޒަބަތު ބޯން، 61، އެވެ. އޭނަ ވަނީ ކުރިން ލޭބަ، އެމްޕްލޯއިމަންޓް އެންޑް އިންޓަގްރޭޝަން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ރައީސް އެމަނުއެލް މެކްރޯމް ފްރާންސްގެ އާ ބޮޑުވަޒީރަކަށް އެލިޒަބަތު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޖީން ކެސްޓެކްސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެލިޒަބަތަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެ މަގާމަށް ފްރާންސުން އަންހެން ބޭފުޅަކު އައްޔަންކުރި ދެވަނަ ފަހަރެވެ. ޔޫރަޕްގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ފްރާންސްގެ ފުރަތަމަ އަންހެން ބޮޑުވަޒީރަކީ އެ މަގާމު 1991-1992 އަށް އަށް ފުރުއްވި މިހާރު އުމުރުން 88 އަހަރުގެ އެޑިތު ކްރެސަން އެވެ.