Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ރާއްޖޭގެ އިގުތިސާދު މެނޭޖްކުރުން ވަރަށް މުހިއްމު

ރާއްޖޭގެ އިގުތިސާދީ ހާލަތު މި ދަނޑިވަޅުގައި މެނޭޖްކުރުން ވަރަށް މުހިއްމު ކަމަށާއި އަވަށްޓެރި ސްރީ ލަންކާ އަށް ދިމާވެފައި އޮތް ހާލަތުން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގުތިސާތީ ހާލަތު ގޯސްވެދާނެކަމުގެ ބިރު މިހާރު އެބައޮތް ކަމަށާއި ސަރުކާރާއި އެމްއެމްއޭ ދެމެދު އޮތް ހިޔާލު ތަފާތުވުންތަކާ އެކު އިގުތިސާދު މެނޭޖްނުކުރެވިއްޖެ ނަމަ ހާލަތު ގޯސްވެދާނެ ކަމަށެވެ.

"އެހެން ނޫން ކަމަށްވާ ނަމަ ނާށިގަނޑު ހިފައިގެން އަނެއްކާ ވެސް ސަލާންޖަހަން ކުޑަކަކޫ މައްޗަށް ތިރިވާން ޖެހޭނީ." ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ދަރަންޏާއި ފޮރިން އިންވެސްޓްމަންޓްތައް މަދުވުމާއި ޕްލޭނެއް ނެތި މުސާރަތައް ބޮޑުކުރުމާއި ޑޮލަރުގެ ތާށިކަން އިތުރުވުން ފަދަ ކަންކަން ހިމެނެ އެވެ.

"އެހެންވެ ވަގުތު ފާއިތުވުމުގެ ކުރިން މި ދަނޑިޅަކީ ލަންކާގެ ހާލަތުން އިބުރަތް ވެސް ހާސިލުކުރަން ޖެހިފައިވާ ވަގުތެއް." ވަހީދު ވިދާޅުވި އެވެ.