Last Updated: March 28, 18:00
Thursday, March 28, 2024
މުނިފޫހިފިލުވުން

ބީބާ އަނެއްކާ ވެސް އިންޑިއާ އަށް

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަނެއްކާ ވެސް އިންޑިއާގައި ޕަފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ގައުމުގައި 2017 ގައި އޭނަގެ "ޕާޕަސް ޓުއާ" ގެ ތެރެއިން މުމްބާއީގައި ޕަފޯމްކުރި ފަންނާނު މި ފަހަރު އިންޑިއާގައި ޝޯ ދޭން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 18 ގަ އެވެ. އަދި މިއީ ބީބާގެ "ޖަސްޓިސް ވޯލްޑް ޓުއާ" ބައެކެވެ. މި ފަހަރު ބީބާ ޕަފޯމްކުރަން ހަމަޖެހިފައި ވަނީ ވެރިރަށް ނިއު ދިއްލީގެ ޖަވާހަރު ލާލު ނެހުރޫ ސްޓޭޑިއަމްގަ އެވެ.

ޝޯގެ ޓިކެޓް އަންނަ މަހުގެ 4 އިން ފެށިގެން ވިއްކަން ހަމަޖެހިފައިވާ ޓިކެޓްގެ އަގުތައް ފެށެނީ 4،000 ރުޕީސް (52 ޑޮލަރު) އިންނެވެ.

މި މަހުގެ ކުރީކޮޅު ބީބާ، 28، ފެށި "ޖަސްޓިސް ވޯލްޑް ޓުއާ" ގެ ތެރެއިން 30 އަށް ވުރެ ގައުމުގައި 125 އަށް ވުރެ ގިނަ ޝޯތައް ދޭނެ އެވެ. އަދި މި ޓުއާ ނިންމާލަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗްގެ ތެރޭގަ އެވެ.

"ޖަސްޓިސް ވޯލްޑް ޓުއާ" އަކީ ބީބާ މިދިޔަ އަހަރު ނެރުނު އޭނަގެ ހަ ވަނަ އަލްބަމް "ޖަސްޓިސް" ގެ ޕްރޮމޯޝަނަށް ކުރިއަށް ގެންދާ ޓުއާއެކެވެ. އެ އަލްބަމް ނެރުނީ މިދިޔަ އަހަރުގެ މާޗް 19 ގަ އެވެ.