Last Updated: April 25, 09:17
Thursday, April 25, 2024
މުނިފޫހިފިލުވުން

"ގްރޭ މޭން" ޖުލައިގައި

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސުޕަހީރޯ ފިލްމު "އެވެންޖާޒް" ޓްރިލޮޖީ ގެނެސްދިން ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯގެ އާ ފިލްމު "ދަ ގްރޭ މޭން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި އެކްޝަން ތުރިލާގެ ޓްރެއިލާ އާންމުކުރުމާ އެކު އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބި ފިލްމު ވަރަށް ވެސް ޝައުގުވެރި އެއްޗަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ. ކާސްޓްގައި އޭ-ލިސްޓް ތަރިންތަކެއް ވެސް ހިމެނޭ "ދަ ގްރޭ މޭން" ގައި ފެންނާނެ ތަރިންގެ ތެރޭގައި ކްރިސް އިވަންސް، ރަޔަން ގޮސްލިން، އަދާ ޑި އާމަސް، ބިލީ ބޮބް ތޯންޓަން، އަލްފްރެޑް ވުޑާޑް، ރެޖީ ޖީން ޕޭޖް އަދި އިންޑިއާގެ އެކްޓަރު ދަނޫޝް ހިމެނެ އެވެ.

"ދަ ގްރޭ މޭން" ޖުލައި މަހުގެ 15 ގައި ލިމިޓެޑް ސިނަމާތަކެއްގައި އެޅުވުމަށް ފަހު، އެ މަހުގެ 22 ގައި ނެޓްފްލިކްސް އަށް ގެންނާނެ އެވެ. މި ފިލްމަކީ ނެޓްފްލިކްސް އިން މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ވެސް ހޭދަކުރި ފިލްމެވެ. އެއީ 200 މިލިއަން ޑޮލަރެވެ.

"ދަ ގްރޭ މޭން" އަކީ ލިޔުންތެރިޔާ މާކް ކްރީނީ 2009 ގައި ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ޓޮމް ހޮލަންޑް މައިގަނޑު ރޯލުން ފެނިގެން ދިޔަ ކްރައިމް ޑްރާމާ "ޗެރީ" އެވެ.