Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ރިސޯޓުތަކުގެ ބިމު ކުލި ކުޑަނުކުރަން ނިންމައިފި

ފިލިތެޔޮ ރިސޯޓު --

ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ނަގާ ފައިސާ ކުޑަ ކުރަން ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންނަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރިސޯޓުތަކުގެ ބިމުކުލި ކުޑަ ކުރަން ނިންމާފައިވަނީ ޔޫކްރޭން ހަނގުރާމައިގެ ކުރިން ކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބެލުމަށްފަހު އެ އިސްލާހު އެގޮތަށް ފާސްކުރަން މިހާރު ވިސްނުމެއް ނެތް ކަމަށެވެ.

އެ އިސްލާހު ސަރުކާރުން އަނބުރާ ގެންނަން ނިންމިއިރު މި އިސްލާހު ދިފާއުކުރައްވައި ދާދިފަހުން ވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން މައުސޫމް ވިދާޅުވީ ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލައި ޓެކްސް އިން ދައުލަތަށް ފައިދާ ހޯދުން ކަމަށެވެ.

މައުސޫމް މިހެން ވިދާޅުވި ނަމަވެސް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވަނީ އެގޮތަށް އަމަލުކޮށްފިނަމަ ރާއްޖެ ސްރީލަންކާ ދިޔަ ހާލަތަށް ގޮސްދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ރިސޯޓުތަކުގެ ކުލި ކުޑަކޮށްފިނަމަ އަހަރަކު 590 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީ އިން އުނިވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.