Last Updated: April 25, 06:02
Thursday, April 25, 2024
މުނިފޫހިފިލުވުން

"ބިރުވެރި ވާހަކަ" ދިރާގު ޓީވީ އަށް

އަންނަ މަހު ދިރާގު ޓީވީ ގެނެސްދޭން ނިންމާފައިވާ އައި ފިލްމްސްގެ ސީރީޒް "ބިރުވެރި ވާހަކަ" އިގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ބިރުވެރި ހާދިސާތަކެއްގެ ފެނިގެންދާނެ މި ސީރީޒަކީ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ބޮޑު ކާސްޓެއް ވެސް ފެންނާނެ "ބިރުވެރި ވާހަކަ" އަކީ ބިރުވެރި އުފެއްދުންތަކަށް ލޯބިކުރާ މީހުން ބޭނުންވާނެ ހުރިހާ ކަމެއް ހިމަނައިގެން ގެނެސްދޭނެ އެއްޗެއްކަން ޓްރެއިލާ ވެސް ދައްކުވައިދެ އެވެ.

މީގެ ކޮންމެ އެޕިސޯޑެއްގައި ކިޔައިދޭނީ ތަފާތު ވާހަކަ އެވެ. "ބިރުވެރި ވާހަކަ" އިގެ ކާސްޓްގައި މަޝްހޫރު ބައެއް ތަރިންނާއި އަރަމުން އަންނަ ބައެއް ތަރިންނާއި އާ މޫނުތައް ވެސް ހިމެނެ އެވެ. އެގޮތުން އައިޝަތު ރިޝްމީ އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް އައްޒަ އާއި ޝަރާ، އާއި މުހައްމަދު ވިޝާލް (ރޯމަން) އާއި ނަތާޝާ ޖަލީލާއި އިފްނާޒު ފިރާގާއި އޭނަގެ އަންހެނުން ތާތި ފަދަ ފަންނާނުން "ބިރުވެރި ވާހަކަ" އިން ފެންނާނެ އެވެ.

މި ސީރީޒް ދިރާގު ޓީވީން ގެނެސްދޭން ފަށާނީ އަންނަ މަހުގެ 3 އިން ފެށިގެންނެވެ.

ދެހާސް ނަވާރައިގެ ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" ގެނެސްދިން އިއްލެގެ ކުރިއަށް އޮތް ފީޗާ ފިލްމަކީ ކްރައިމް ތުރިލާ "ނީނާ" އެވެ.

"ބިރުވެރި ވާހަކަ" ސީރީޒް ގެނެސްދޭ އިރު އޭނަ ވަރަށް ފަހުން ވަނީ "މަޒުލޫމް" ގެ ނަމުގައި ބައިސްކޯފަށް ވެބް ސީރީޒަށް ވެސް ގެނެސްދީފަ އެވެ.