Last Updated: April 19, 22:45
Saturday, April 20, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާ "ގްރޭ މޭން" ބަލާ ހިތުން ކެތްމަދުވެފައި

ޖުލައި މަހު ގެނެސްދޭން ހަމަޖެހިފައިވ ފިލްމު "ދަ ގްރޭ މޭން" ބަލާ ހިތުން ކެތްމަދުވެފައިވާ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

ފިލްމުގެ ތަރިންގެ ޕޯސްޓަރުތަކެއް ކޮލާޖްކޮށް އިންސްޓަގްރާމް ސްޓޯރީގައި، ހޮލީވުޑްގައި މަސައްކަތްކުރާ ބަތަލާ ބުނީ ނެޓްފްލިކްސް އިން ހަދާފައިވާ ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ބޮޑު ކަމަށެވެ. "ދަ ގްރޭ މޭން" އަކީ "އެވެންޖާޒް" ގެ ޓްރިލޮޖީގެ ޑައިރެކްޓަރު ކަމަށްވާ އެންތަނީ އާއި ޖޯ ރުސޯ ހަދާފައިވާ އެކްޝަން ތުރިލާއެކެވެ.

އެ ދެ ޑައިރެކްޓަރުންނަކީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ޕްރިޔަންކާގެ ވެބް ސީރީޒް "ސިޑަޓެލް" ގެ މޭސްތިރިން ވެސް މެ އެވެ. އެ ސީރީޒް އޮތީ ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.

މިދިޔަ އަހަރު ޓޮމް ހޮލަންޑާ އެކު "ޗެރީ" ގެނެސްދިން އެންތަނީ އާއި ޖޯގެ "ދަ ގްރޭ މޭން" އަންނަ ޖުލައި މަހުގެ 15 ގައި ލިމިޓެޑް ސިނަމާތަކެއްގައި އެޅުވުމަށް ފަހު، އެ މަހުގެ 22 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާނެ އެވެ. މީގެ ކާސްޓްގައި ކްރިސް އިވަންސް، ރަޔަން ރޭނޮލްޑްސް، އަނާ ޑި އާމަސް އަދި އިންޑިއާގެ އެކްޓަރު ދަނޫޝް ވެސް ހިމެނެ އެވެ.

ނެޓްފްލިކްސް އިން 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދޭ "ދަ ގްރޭ މޭން" ޓްރެއިލާ ވެސް މި ހަފުތާގައި ދައްކާލާފައިވެ އެވެ.