Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޕީޕީއެމްއާ ގިނަ ބަޔަކު ގުޅިއްޖެ

ޕީޕީއެމަށް ސޮއިކުރި ޒުވާނެއް - ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގިނަ ބަޔަކު ގުޅިއްޖެ އެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތަކާ ހަވާލުވެލެއްވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ރޭ އެ ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ތަފާތު އެކި އުމުރުފުރާތަކުގެ މީހުން ހިމެނެ އެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުން ޕީޕީއެމްއާ ގުޅުނު މެންބަރުންގެ ފޯމުތައް ވެސް ރޭ ވަނީ ޔާމީނާއި ހަވާލުކޮށްފަ އެވެ.

ޕީޕީއެމުން މިދިޔަ ހަފްތާގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއާ ގުޅިފައިވެ އެވެ.

ޕީޕީއެމުން އެ ޕާޓީގެ މެމްބަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރާ މައްސަލާގައި ޕީޕީއެމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ޕީޕީއެމްގައި މިވަގުތު 34368 މެންބަރުން އެބަ ތިއްބެވެ. ޕީޕީއެމަކީ ރާއްޖޭގައި އޮތް ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ.