މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކުވެސް ދޭ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި އިނާމަށް މިއަދުން ފެށިގެން އަންނަށް އޮގަސްޓު މަހު 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފަ އެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:
1- ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
2- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ
3- ސިޔާސީ
4- ޝަރުއީ އަދި ޤާނޫނީ
5- ވިޔަފާރިއާއި އިޤުތިޞާދު
6- ކުޅިވަރު
7- ފޮޓޯ ޖާރނަލިޒަމް
8- ވީޑިއޯ ޖާރނަލިޒަމް
އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
10- ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
11- ފީޗަރ / ރިޕޯޓް
12- އެންމެ އުންމީދީ ނޫސްވެރިޔާ
މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށް އެމްއެމްސީން ބުނެ އެވެ.
މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، އިނާމަށް އެދި ފޯމު ހުށަހަޅަން ވަނީ އެދިފަ އެވެ.