Last Updated: April 20, 19:35
Saturday, April 20, 2024
ވިޔަފާރި

"ޓޮބްލެރޯން" ބަދަލަކާ ދިމާއަށް!

ތިއީ "ޓޮބްލެރޯން" ޗޮކްލެޓްގެ ފޭނެއް ހެއްޔެވެ؟ އެހެން ވިއްޔާ އެ އުފައްދާ ތަނެއް ވެސް އެނގޭނެ އެވެ. ޖަވާބަކީ އާނއެކޭ ކަމަށްވެފައި ސްވިޓްޒަލޭންޑޭ ބުނާ ނަމަ ފަހަރުގައި މިއީ އެހާ އުފާވެރި ހަބަރަކަށް ނުވެދާނެ އެވެ. ސަބަބަކީ އެ ގައުމުގައި "ޓޮބެލްރޯން" އެކްސްކްލޫސިވްކޮށް އުފެއްދުން ހުއްޓާލަން މިހާރު ނިންމާފައިވާތީ އެވެ.

ސްވިސްގެ ހާއްސަ ސިފައެއް ކަމަށްވާ ފަރުބަދަތައް ސިފަކޮށްދޭ ގޮތަށް ތިނެސްކަން ބައްޓަމަކަށް ތައްޔާރުކުރާތާ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މި މަގުބޫލު ޗޮކްލެޓް އަންނަ އަހަރުގެ ފަހުކޮޅުން ފެށިގެން އުފައްދާން މިހާރު ނިންމާފައި ވަނީ ސްލޮވޭކިއާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ތާރީހީ ބަދަލާ ދިމާއަށް މިސްރާބު ޖަހަން މަޖުބޫރުވުމުގެ ސަބަބަކީ ސްވިޓްލަޒެންޑްގައި "ޓޮބްލެރޯން" އުފައދަން ކުރާ ހޭދަ ވެސް ބޮޑުވަމުން ދިއުމެވެ.

އެހެންވެ މި ޗޮކްލެޓް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި، މޮންޑެލޭޒް އިންޓަނޭޝަލް އިން މިހާރު ވަނީ ޕްރޮޑަކްޘން ސްލޮވޭވިއާ އަށް ބަދަލުކުރަން ކުރަން ޖެހޭ ކަންކަންކުރަމުންނެވެ. މިކަން އެ ކުންފުނިން ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. މި ގެންނަ ބަދަލާ އެކު "ޓޮބްލެރޯން" ގެ ޕެކުން އޭގެ ފޭނުންނަށް ފާހަގަކުރެވޭނެ އެންމެ ބޮޑު ބަދަލަކަށް ވާނީ މިހާރު ޕެކްގެ ބޭރުގައި ލިޔެފައި އިންނަ "ސްވިސް މިލްކް ޗިކްލެޓް" އުނިވުމެވެ.

ދެހާސް އަށެއްގައި 100 އަހަރު ފުރުނު "ޓޮބްލެރޯން" 1908 ގައި ވުޖޫދަށް އައުމަށް ފަހު 1990 ގެ ފަހުން ފެށިގެން އެ ޗޮކްލެޓް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްވިޓްލަޒޭންޑްގެ ބާންގަ އެވެ.

މޮންޑެލޭޒުން އަހަރެއްގެ ތެރޭގައި ހަތް ބިލިއަން "ޓޮބްލެރޯން" ޗޮކްލެޓް އުފައްދާ އިރު، އޭގެ 97 ޕަސެންޓް ވިއްކަނީ ގައުމުން ބޭރުގަ އެވެ. އެގޮތުން 120 ގައުމަކަށް އެ ޗޮކްލެޓް އެކްސްޕޯޓްކުރެ އެވެ. "ޓޮބްލެރޯން" ގެ ރަހަތަކުގެ ތެރޭގައި މިލްކް ޗޮކްލެޓް، ޑާކް ޗޮކްލެޓް، ވައިޓް ޗޮކްލެޓް އަދި ފުރުޓް އެންޓް ނަޓް ހިމެނެ އެވެ.