Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މަކިޓާ ޕްރޮޑަކްޓްތަކަށް ޝޯރޫމެއް ހުޅުވައިފި

މަކިޓާ ޕްރޮޑަކްޓްތަކަށް ހާއްސަ މުޅިން އައު ޝޯރޫމެއް އެސްޓީއޯއިން ހުޅުވައިފި އެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯއިން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވެވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެން އަމުރު އާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކިޓާ ސިންގަޕޯ ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރެވެ.

އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ.

ފަންސަވީސް އަހަރުގެ ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑް ގެ އުފެއްދުންތަށް ލިބެން ހުރެ އެވެ. މިގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން އަދި އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އޭޖެންޓުން ވެސް އާއްމުންނާއި ހަމައަށް މަކިޓާ ޕްރޮޑަކްޓްސް ފޯރުކޮށްދެމުންދެ އެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ލަކުޑި/ވަޑާންކުރުމަށް ހާއްސަ ކަރަންޓު އާލަތްތަށް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނު، ގާރޑެނިންއަށް ހާއްސަ އުފެއްދުން، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތަށް ސާމާނެއް އެކުލެވިގެންވެ އެވެ.

ރޭ ހުޅުވިގެންދިޔަ އައު މަކިޓާ ޝޯރޫމް އާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ހިދުމަތްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ހާމަކުރެ އެވެ. މިގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެން ހުންނާނެ އެވެ. އަދި މަކިޓާ ބްރޭންޑަށް ހާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އައު ޝޯރޫމް ތެރޭގަ އެވެ.