Last Updated: March 29, 06:02
Friday, March 29, 2024
މުނިފޫހިފިލުވުން

ޕަރިނީތީ އަށް އަކްޝޭއާ އެކީ އިތުރު ފިލްމެއް

"ކޭސަރީ" އަށް ފަހު އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާ އަނެއްކާ ވެސް އެކީގައި ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމަކީ އަންނަ މަހުގެ 4 ގައި އިނގިރޭސިވިލާތުގައި ޝޫޓިން ފަށާ "ކެޕްސޫލް ގިލް" އެވެ. މިއީ 2019 ގައި މަރުވ އިންޑިއާހެ ޗީފް މައިނިން އޮފިސަތު ޖަސްވަންތު ސިންގް ގިލް އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެގޮތުން "ކެޕްސޫލް ގިލް" ގައި ކިޔައިދޭނީ ބޯޓްދެލި ނަގަން އުޅުމުގެ ތެރޭގައި 1989 ގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 60 މީހުންގެ ފުރާނަ ގެއްލިގެން ދިއުމާއި އޭޢގެ ފަހުން ބޯޓްދެލި ނެގުމުގެ މަސައްކަތަށް އައި ބަދަލުތަކެވެ.

އަކްޝޭ ޓައިޓްލް ރޯލު ކުޅޭ ފިލްމުން ޕަރިނީތީ އަށް ލިބުނީ އޭނަގެ އަންހެނުންގެ ރޯލެވެ. ދެހާސް ނަވާރައިގެ "ކޭސަރީ" ގައި ވެސް ޕަރިނީތީ ކުޅުނީ އަކްޝޭގެ އަންހެނުންގެ ރޯލެވެ. ރިޕޯޓްތައް ބުނާ ގޮތުން ކުރީގެ ފިލްމާ އެއްގޮތަށް އާ ފިލްމުގައި ޕަރިނީތީގެ ރޯލު މާ ބޮޑު ނޫނަސް، އޭނަގެ ކެރެކްޓާ އަކީ ފިލްމުގެ ވާހަކައިގެ މުހިއްމު ހިއްސާއެކެވެ.

"ކެޕްސޫލް ގިލް" ގެ ޝޫޓިން އަށް މާދަމާ ފިލްމުގެ ކާސްޓާއި ކްރޫ އިނގިރޭސިވިލާތަށް ފުރަން ހަމަޖެހިފައިވާ އިރު، މީގެ އިތުރު ކާސްޓުންގެ ތެރޭގައި ކުމުދު މިޝްރާ، ރަވީ ކިޝަން އަދި ދިބިޔެންޑޫ ބަޓަޗަރިއާ ހިމެނެ އެވެ. "ކެޕްސޫލް ގިލް" ގެ ޑައިރެކްޓަރަކީ ޓިނޫ ސުރޭޝް ދެސާއީ އެވެ.