Last Updated: April 20, 07:18
Saturday, April 20, 2024
މުނިފޫހިފިލުވުން

ވަޖްޕާއީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަނީ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމިކަން މިއަދު އިއުލާންކޮށްފި އެވެ.

މި ފިލްމު ހަދަނީ ޕްރޮޑިއުސަރު ވިނޯދު ބަނުޝާލީ އާއި ސަންދީޕް ސިންގް ގުޅިގެންނެވެ. ފިލްމަށް ދީފައިވާ ނަމަކީ "އަތަލް" އެވެ. ފިލްމުގެ ޓެގް ލައިނަކީ "މޭ ރަހޫ ޔާ ނާ ރަހޫ ޔޭ ދޭޝް ރެހެނާ ޗާހިޔޭ" އެވެ. މި ފިލްމުގައި ވަޖްޕާއީ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތާއި އޭނަގެ ޒައާމަތުގައި އިންޑިއާ ހޯދި ކުރިއެރުންތަކާއި ސިޔާސީ ގޮތުން ކުރި ތަޖުރިބާތައް ދައްކިވައިދޭނެ އެވެ.

ޑައިރެކްޓްކުރާނެ މީހަކާއި ވަޖްޕާއީގެ ރޯލު ކުޅޭނެ އެކްޓަރު އަދި އިއުލާން ނުކުރާ ފިލްމު ހަދަން ނިންމާފައި ވަނީ ލިޔުންތެރިޔާ އުލޭކް އެންޕީ ވަޖްޕާއީއާ ބެހޭ ގޮތުން ލިޔެފައިވާ ފޮތް "ދި އަންޓޯލްޑް ވަޖްޕާއީ: ޕޮލިޓިކަލް އެންޑް ޕެރޮޑޮކްސް" އަށް ބިނާކޮށެވެ.

މި ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން، އާއިލާއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

އިންޑިއާގެ 10 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ވަޖްޕާއީ ތިން ދައުރަކަށް މަގާމު ފުރުއްވި އެވެ. އެގޮތުން ބީޖޭޕީ އަށް ނިސްބަތްވި ލީޑަރު އެންމެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވީ އެންމެ 13 ދުވަހަކަށް 1996 ގަ އެވެ. އޭގެ ފަހުން 13 މަސް ދުވަހުގެ މުއްދަތަށް 1998 އިން 1999 އަށް ބޮޑުވަޒީރުކަން ކުރެއްވި އެވެ. އޭގެ ފަހުން ބޮޑުވަޒީރުގެ ގޮތުގައި ފުރިހަމަ ދައުރެއް އަދާކުރެއްވީ 1999 އިން 2004 އަށެވެ.

ބޮޑުވަޒީރުކަމުގެ އިތުރުން ވެސް ސިޔާސީ ބޮޑެތި މަގާމުތައް ވަޖްޕާއީ ފުރުއްވި އެވެ. އޭގެ ތެރޭގައި މިނިސްޓަރުކަމާއި ގާނޫނުު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ހިމެނެ އެވެ.

ވަޖްޕާއީ އަވަހާރަވީ 93 އަހަރުގައި އޮގަސްޓް 16، 2018 ގަ އެވެ.

އޭނަގެ ވާހަކަ ކިޔައިދޭ ފިލްމު "އަތަލް" ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ.

ވަޖްޕާއީގެ ބައޮޕިކެއް ހަދަން ނިންމި އިރު، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮޕިކެއް 2019 ގައި "ޕީއެމް ނަރެންދުރަ މޯދީ" ގެ ނަމުގައި ނެރެފައިވެ އެވެ. އޭގައި މޯދީގެ ރޯލު ކުޅުނީ ވިވެކް އޮބެރޯއީ އެވެ. އަދި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ކޮންގްރެސް ޕާޓީގެ ލީޑަރެއް ކަމަށްވާ މަންމޯހަން ސިންގްގެ ބައޮޕިކެއް ވެސް ނެރެފައިވެ އެވެ. ދެހާސް ނަވާރައިގައި "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ނަމުގައި ނެރުނު ފިލްމުގައި މަންމޯހަންގެ ރޯލު ކުޅުނީ އަނޫޕަމް ކޭރެވެ.