Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ނަފްސާނީ ބަލި މީހުންނަށް ފަރުވާދޭ ހާއްސަ ވޯޑް ހުޅުވައިފި

ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްޞަ ވޯޑު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުޅުވައިފި އެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މި ޚާއްސަ ވޯޑު ހުޅުވީ މިއަދު އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސެންޓަރ ފޮރ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ޚާއްޞަ ކުރެވިފައިވާ 9 އެނދުގެ މި ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއަކާއި ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއް ހިމެނޭ ކަމަށެވެ. އަދި ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއް ވެސް މި ވޯޑުގައި ބަހައްޓާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރުު ރަނގަޅު ކުރުމަކީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއްކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.