Last Updated: April 19, 19:29
Friday, April 19, 2024
މުނިފޫހިފިލުވުން

ރަންބީރްގެ ދަރިންނަށް ދަސްކޮށްދޭނީ ކުޅިވަރު

ކުޑަކުދިން ކުޅިވަރުގެ ތެރޭގައި އުޅޭ ތަން ފެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި އަމިއްލަ އަށް ދަރިން ވެސް ދަރިން ލިބުނު ދުވަހަކުން އެ ދަ ދަރިން ކުޅިވަރަށް ލޯބި ޖައްސަން ވަރަށް މަސައްކަތްކުރާނެ ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.

އަންނަ މަހު ރިލީޒްކުރާ އޭނަގެ ފިލްމު "ޝަމްޝޭރާ" ގެ ޕްރޮމީޝަންގެ ތެރެއިން މިދިޔަ ހަފުތާގައި މެޝަބަލް އިންޑިއާ އަށް ދިން އިންޓަވިއުއެެއްގައި ރަންބީރް ބުނީ ދެ ޖިންސްގެ ކުދިން ވެސް ކުޅިވަރުގެ ތެރޭގައި އުޅޭ ތަން ފެނުމަކީ ހިތަށް ވަރަށް ފިނިކަން ލިބޭ ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ކުޅިވަރަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މީހާ ހެދި ބޮޑުވުމަށް ވަރަށް މުހިއްމު ކަމަކަށްވާތީ ކުޅިވަރުތަކަށް ކުދިން ހޭނުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވަކިން ހާއްސަކޮށް ކުޑައިރު އެވެ.

"އެހެންވެ ޔަގީނުން ވެސް އަހަންނަށް ދަރިން ލިބުނު ދުވަހަކުން ދަރިންނަށް ވަރަށް ބޮޑަށް ބާރު އަޅާނަން ކުޅިވަރު ކުޅުމަށް. ހާއްސަކޮށް ފިރިހެން ކުއްޖަކު ކަމަށްވާ ވަންޏާ ފުޓްބަޅަ ކުޅެން،" އަމިއްލަ އަށް ވެސް ފުޓްބޯޅަ އަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއްދޭ އަދި މިހާރު ދަރިޔަކު ލިބެން އުޅޭ އެކްޓަރު ބުންޏެވެ. "ޚުދު އަހަންނަކީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ މީހެއް."

ރަންބީރްގެ އަންހެނުން އަދި މަޝްހޫރު ބަތަލާ އާލިއާ މިހާރު އިނީ ބަލިވެ އެވެ. ދެ ތަރިން ކައިވެނިކުރީ މިދިޔަ އެޕްރީލް މަހުގެ 14 އެވެ. އާލިއާ ބަލިވެއިންކަން އިއުލާންކޮށްފައި ވަނީ މި މަހުގެ 27 ގަ އެވެ. އާލިއާ އާއި ރަންބީރަށް ލިބެނީ ކޮން ކަހަލަ ކުއްޖެއް ކަމެއް އަދި ނޭނގެ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ރަންބީރްގެ އާއިލާ އަކީ ޕްރޮފެޝަނަލް ފިލްމީ އާއިލާއަކަށް ވިޔަސް އެ އާއިލާ އަށް ނިސްބަތްވާ ބައެއް ފިރިހެނުންނަކީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ ބައެކެވެ. އޭގެ ތެރޭގައި ރަންބީރާ ދެބޭންގެ ދެދަރި އަރުމާން ޖެއިން އާއި އޭނަގެ ކޮއްކޮ އާދާރު ޖެއިން ހިމެނެ އެވެ. އެ މީހުން ވެސް ބައިވެރިވާ ގޮތަށް ރަންބީރަކީ އަމިއްލަ ފުޓްބޯޅަ ޓީމެއް ވެސް ގެންގުޅޭ ތަރިއެކެވެ. އެގޮތުން ސެލެބްރިޓިންގެ ސޮކާ މުބާރާތްތައް ވެސް އެ މީހުން ބާއްވަ އެވެ.