Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

50 މޭލަށް ވައި ގަދަވާނެ، ބޯކޮށް ވާރޭ ވެހޭނެ

މިއަދު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް 50 މޭލަށް ވައި ގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެސް ބެހޭނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހެނދުނު 7:15 އިން ފެށިގެން ހެނދުނު 11:30 އާ ހަމައަށެވެ. އެގޮތުން މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރާ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެ ކަމަށް ބުންޏެވެ.

ރާއްޖެ އަށް މުސުން ގޯސްވުުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިއްޔެ މެންދުރު ފަހު މުޅި ރާއްޖެ އަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވެސް އެލާޓް ނެރެނުވެ. ރާއްޖޭގެ ދެކުނުގެ ބައެެއް ރަށްތަކަށް ހުކުރު ދުވަހު މެންދުރު ފަހު ވަރަށް ބޮޑަށް އުދަ އަރައި، ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވެ އެވެ.

އެގޮތުން ހާލުގައި ޖެހުނު ހަ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށް ދީފައިވެ އެވެ.