Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޓީޗަރުން ލިބުން ދަތިވާ މައްސަލައިގެ ރިޕޯޓް އާންމުކޮށްފި

އައްޑޫ ސްކޫލެއްގެ ޓީޗަރުންތަކެއް.

ތައުލީމީ ދާއިރާ އަށް ބޭނުންވާ ފެންވަރު ރަނގަޅު ޓީޗަރުންގެ ނުލިބޭ މައްސަލައާ ގުޅޭ ގޮތުން އުފެއްދި ރިސާޗް ޓީމްގެ ޓީމްގެ ރިޕޯޓް މިއަދު އާންމުކޮށްފި އެވެ.

"އެދުރުންގެ ފަންނު: ގޮންޖެހުންތަކާއި ހުށަހެޅުންތައް" ގެ ނަމުގައި އާންމުކުރި ރިޕޯޓް ރައީސްގެ އޮފީހުގެ ސައިޓުން ބެލޭނެ އެވެ.

ރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރަން ނިންމައި ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް، އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގަ އެވެ.

ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ މި ގުރޫޕާއި ދިރާސާގެ މަސައްކަތް ހަވާލުކުރީ އޮކްޓޯބަރު 31، 2021 ގަ އެވެ.

މި ދިރާސާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ދަނެގަތުމާއި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.

މި ދިރާސާއިން މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަކުޑަވުމާއި، މަސައްކަތް ބުރަވުމާއި، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާޙައުލުގެ ވަޞީލަތްތައް ނެތުންފަދަ ކަންތައްތައް ފާހަގަވިއެވެ. މި ރިޕޯރޓް ވަނީ 9 މާރިޗު 2022، ދުވަހު ރިސާރޗް ގްރޫޕްގެ ފަރާތުން ރައީސަށް ހުށަހަޅާފައިވެ އެވެ.

ރިޕޯޓާ ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އެކަން ވަނީ އިޢުލާންކޮށްފައިވެ އެވެ.