Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ވޯލްޑް ބޭންކުން 34 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ރާއްޖެ އަށް ވޯލްޑް ބޭންކުން 34 މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެހީގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުން ރާއްޖެ އަށް ހާއްސަކޮށްފައިވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ރާރވޮސްއެވެ.

ވޯލްޑް ބޭންކުގެ މި އެހީގެ ތެރެއިން 23 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ޚާއްސަކޮށްފައި ވަނީ މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ކަންކަން ކުރިއެރުވުމަށާއި، ވަޒީފާ ނެތް ފަރާތްތަކަށް ބޭނުންވާ އެހީވުމަށް ބޭނުންވާ "އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ބެނިފިޓް ސްކީމް" ހިންގުމަށެވެ.

ވޯލްޑް ބޭންކުން ދިން އެހީގެ ބާކީ 10 މިލިއަން ޑޮލަރު (54.2 މިލިއަން ރުފިޔާ) ހާއްސަކޮށްފައި ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ތަރައްޤީގެ މަސައްކަތްތައް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށެވެ.

މި އެހީއަކީ ބްރޯޑްބޭންޑް އިންޓަނެޓް މާކެޓުގައި ވާދަވެރިކަން އިތުރުކުރުމަށާއި، އޮންލައިންކޮށް ހިދުމަތްތައް ހޯދުމުގައި ޑިޖިޓަލް އައިޑީ ބޭނުންކޮށް އަދި އޭގެ ރައްކާތެރިކަން އިތުރުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަށް ހޭނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ޑޭޓާ އަދި އެނެލިޓިކްސް ބޭނުންކުރުމަށް އެހީތެރިވުމަށްދޭ އެހީއެކެވެ.