Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ކައުންސިލްތަކަށް 61 އެސްޖީން ހޯދަނީ

ރާއްޖޭގެ 61 ރަށެއްގެ ކައުންސިލް އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިވް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަލުން އިއުލާންކޮށްފި އެވެ.

ކުރިން ވެސް ތަކުރާރުކޮށް އިއުލާންކޮށްގެން މަގާމުތަކަށް މީހުން ހޯދުން ދަތިވެފައި ވަނިކޮށް އަލުން އިއުލާންކޮށް ކުރިމަރިލާން ދީފައިވާ ސުންގަޑި އަކީ މި މަހުގެ އަންނަ ބުރާސްފަތި ދުވަހެވެ.

ރަށު ކައުންސިލްގެ އެސްޖީގެ މަހު މުސާރައިގެ ގޮތުގައި މަހަކު 9،300ރ. ލިބޭ އިރު، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. ލިބޭނެ އެވެ. އަދި އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ 12،130ރ. އެވެ. އެގްޒެކެޓިވް އެލަވަންސަކީ 8،870ރ. އެވެ.

ކައުންސިލްތަކަށް ސީއެސްސީން އެސްޖީން އައްޔަންކުރަނީ ކައުންސިލްތަކުގެ ލަފާ ވެސް ހޯދައިގެންނެވެ. އެސްޖީން އައްޔަންކުރަނީ ފަސް އަހަރަށެވެ.

މި ފަހަރު އެސްޖީން ހޯދަން އިއުލާންކުރި އަތޮޅުތަކުގެ ތެރޭގައި ބ، ލ، ރ، ހއ، ހދ، ށ، ނ، އއ. އދ، ވ، މ، ކ،ދ، ތ، އަދި ގދ ހިމެނެ އެވެ.