Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރަށް

ޖިންސީ ގޯނާއެއްގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ގައި ރިޕޯޓްކުރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށާއި ކޯޓް އަމުރެއްގެ ދަށުން އޭނަ ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އޭނާ ހައްޔަރުކުރީ 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާ އަކީ ހދ. އަތޮޅުގެ ރަށެއްގެ ޓީޗަރެކެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ޖިންސީގެ ގޯނާގެ މައްސަލަތައް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތައް ވެސް ނިސްބަތުން ގިނަ އެވެ.