Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

"ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

ދިރާސީ އަހަރާ ގުޅުވައިގެން "ބެކް ޓު ސްކޫލް" ނަމުގައި އެސްޓީއޯ އިން ކުރިއަށް ގެންދާ ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިއަށް ދާނެ އެވެ. އެގޮތުން ކިޔަވާ ކުދިންނާއި އާމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައިވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އަ ވީ ކިރު ގަންނަ ފަރާތްތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ އެވެ.

ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާ އަށް 1،500ރ. ގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާ އަށް 2،500ރެ ގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއް ވަނަ ނަސީބުވެރިޔާއަށް 5،000ރ. ގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބޭނެ އެވެ.

ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާ އަށް ލިބޭނީ ރަސަލް ހޮބްސްގެ ފެންކައްކާ ޖަގަކާއި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެކެވެ. ދެވަނަ ނަސީބުވެރިޔާއަ ށް ލިބޭނީ ހޮބްސްގެ ފެންކައްކާ ޖަގަކާއި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ އެ ބްރޭޑްގެ ޕްރެޝަ ކުކަރެކެވެ. އެއްވަނަ ނަސީބުވެރިޔާ އަށް އަށް ލިބޭނީ 327ލ ގެ ޗެސްޓް ފްރީޒާއެކެވެ.

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރ ކިރު ޕެކެޓަކާއި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބޭނެ އެވެ. މި ކޕަކީ ލިމިޓެޑް އެޑިޝްނަން ކަޕްތަކެއްކަކެވެ. އަދި ސްޓޮކް ހުސްވަންދެން ކަސްޓަމަރުންނަށް ދޫކުރަމުން ދާނެ އެވެ.