Last Updated: August 18, 10:12
Thursday, August 18, 2022
މުނިފޫހިފިލުވުން

ޝާހިދުގެ "ބްލަޑީ ޑެޑީ" ޑިޖިޓަލް ޕްރީމިއާއަކަށް

ޝޫޓިން ނިންމައި މިހާރު ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް ޝާހިދު ކަޕޫރްގެ ފިލްމު "ބްލަޑީ ޑެޑީ" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ތުރިލާ ބެލުންތެރިންނަށް ދޫކޮށްލާނީ ކަލާޒް ޗެނެލްގެ ސްޓްރީމިން ޕްލެޓްފޯމް، ވޫޓް ސިލެކްޓުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމާ އިރު، މިކަމާ ބެހޭ ގޮތުން އަލީ ވެސް ރަސްމީކޮށް ވަކި އެއްޗެއް ބުނެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަހަރުގެ ބާކީ އަދި ހަތަރު މަސް އޮތުމާ އެކީ މި އަހަރު ނިމުމުގެ ކުރިން "ބްލަޑީ ޑެޑީ" ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ. ވަރަށް ބޮޑު ބައި ޔޫއޭއީގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ފްރާންސްގެ 2011 ގެ އެކްޝަން ތުރިލާ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓް) އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. މިއީ ރަހީނުކޮށްފައިވާ ފިރިހެން ދަރިއަކު ސަލާމަތްކުރަން ފުލުހުންގެ ޑިޓެކްޓިވެއްގެ ގޮތުގައި މަސައްކަތްކުރާ ބަފަޔަކު ކުރާ ޖެހިލުންކުޑަ މަސައްކަތްތަކެއް ދައްކުވައިދޭ އެއްޗެކެވެ.

ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ބެލުންތެރިންގެ ރިލީޒްކޮށް، ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނު ސްޕޯޓްސް ޑްރާމާ "ޖާޒީ" އެވެ.

"ބްލަޑީ ޑެޑީ" އަކީ އަލީ ޑައިރެކްޓްކުރި ފިލްމެއްގައި ޝާހިދު މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ކާމިޔާނު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބާރަތު" އެވެ. އަލީ ދެން ހަދަން އޮތް ފިލްމަކީ އަންނަ އަހަރު ޑިސެމްބަރުގައި ރިލީޒްކުރަން ހަދާ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.