Last Updated: August 18, 09:55
Thursday, August 18, 2022
ޚަބަރު

މަރާލާފައި އޮތް އަންހެނަކު ގެއެއްގެ ތެރެއިން ފެނިއްޖެ

މާލޭގެ އިމާރާތްތަކެއް - ފޮޓޯ: ސަން

މާލޭގެ ގެއެއްގެ ތެރޭގައި މަރާލާފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގައި ޒަހަމުތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ދަނީ އެ މީހާ މަރާލާފައި އޮއްވާ ފެނުނު ގޭގަައި ހަރަކާތްތެރި ވަމުންނެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އަންހެން މީހާގެ ބޮލާއި ފައި ވަނީ ބުރިކޮށްލާފަ އެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި މަރާލި ފުވައްމުލަކަށް ނިސްބަތްވާ އަންހެން މީހާ އަކީ ޝިއާއު މުހައްމަދު ސައީދު ކިޔާ 22 އަހަރުގެ މީހެކެވެ. އެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ.