Last Updated: April 19, 17:23
Friday, April 19, 2024
މުނިފޫހިފިލުވުން

ޓީވީ ބަތަލާ އައިޝާ ވެސް ބޮލީވުޑަށް

ކަލާޒް ޗެނެލުން ދައްކަމުން އަންނަ ސިލްސިލާ "ސިރުފް ތުމް" ގެ ބަތަލާ އައިޝާ ސިންގް ވެސް ބޮލީވުޑް ފިލްމަކުން ފެންނަން ތައްޔާރުވެއްޖެ އެވެ.

އޭނަގެ އަލަތު ފިލްމަކީ އަންނަ މަހުގެ 16 ރިލީޒްކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް ކޮމެޑީ "މިޑްލް-ކްލާސް ލަވް" އެވެ. މީގެ ކާސްޓްގައި ޕްރިތު ކަމާނީ އާއި ކާވިއާ ތާޕަރް ވެސް ހިމެނެ އެވެ. "މިޑްލް-ކްލާސް ލަވް" ގެ ޑައިރެކްޓަރަކީ ބޮލީވުޑްގެ ތަޖުރިބާކާރު ޑައިރެކްޓަރު އަނޫބަވް ސިންހާގެ އަންހެނުން ރަތުނާ ސިންހާ އެވެ.

މެއި މަހު ރިލީޒްކުރި އަޔޫޝްމަން ކްރާނާގެ "އަނޭކް" ގެ ޑައިރެކްޓަރު އަނޫބަވް އަކީ "ތުމް ބިން" އާއި "ރާ.ވަން" އާއި "މުލްކު" އަދި "ތައްޕަޅު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ބެލުމުގެ ދަށުން އަންހެނުން ޑައިރެކްޝަނަށް ނުކުމެ ގެނެސްދޭ ފުރަތަމަ ފިލްމަކީ ޒީ ސްޓޫޑިއޯސްއާ ގުޅިގެން ހަދާފައިވާ އެއްޗެކެވެ.

"މިޑްލް-ކްލާސް ލަވް" އިން އައިޝާ، 23، ބޮލީވުޑަށް ނުކުންނަ އިރު، އޭނަ އާންމުންގެ ތެރޭގައި މަޝްހޫރުވީ ޒީޓީވީން 2018-2020 އަށް ގެނެސްދިން ސިލްސިލާ "އިޝްގް ސުބާނަﷲ" އިންނެވެ.