Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

މަރާލި އަންހެން މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ރޭ މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވުމަށް ނިންމައިފި އެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އޭނާގެ މަރާއި ގުޅިގެން އަލީ ޝާހިލް ނަމަކަށް ކިޔާ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ޝިޔާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުކުރެވޭ ސާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި ނަމަވެސް އޭނާ އަދި މިހާތަނަށް ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. އަދި އިތުރު މީހަކަށް މި މައްސަލާގައި ތުހުމަތު ނުކުރެވޭ ކަމަށާއި ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ކަރު ބުރިކޮށްލާފައިވާއިރު އަތާއި ފައިވެސް އޮތީ ބުރިކޮށްލާފަ އެވެ.

ހ. ޝީރީންވިލާގެ ނުވަ ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި ޝިއާއު މަރާލާފައިވާއިރު، ޝާހިލް ހައްޔަރު ކޮށްފައިވަނީ އެ ސީނުންނެވެ.