Last Updated: April 19, 13:47
Friday, April 19, 2024
މުނިފޫހިފިލުވުން

"ޖަލަކް ދިކްލާ ޖާ 10" ގެ ޕްރޮމޯތަކެއް

ކަލާޒް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ގެ 10 ވަނަ ސީޒަންގެ ޕްރޮމޯތަކެއް ދައްކަން ފަށައިފި އެވެ.

މި ސީޒަންގައި ވާދަކުރާ ސެލެބްރިޓީންގެ ތެރޭގައި ޝިލްޕާ ޝިންޑޭ، ނިއާ ޝަރުމާ، ދީރަޖް ދޫޕަރް، ޕާރަސް ކަލްނަވަތު، އަމްރުތާ ޚާންވިލްކަރް، ނިތީ ޓޭލާ އަދި ގަޝްމީރު މަހާޖާނީ ހިމެނެ އެވެ. "ޖަލަކް ދިކްލާ ޖާ 10" ގެ ޕްރޮމޯތައް ދައްކަން ފެށި ނަމަވެސް ޝޯ ދައްކަން ފަށާނެ ތާރީހެއް އަދި ކަލާޒް އިން އިއުލާނެއް ނުކުރެ އެވެ.

މި ފަހަރު ޝޯހެ ޖަޖުންނަކީ މަދޫރީ ޑިކްސިޓާއި ކަރަން ޖޯހަރްގެ އިތުރުން ނޯރާ ފަތުހީ އެވެ.

މި ޝޯގެ 9 ވަނަ ސީޒަން ގެނެސްދިނީ 2017 ގަ އެވެ. އެ ސީޒަން ކާމިޔާބުކުރީ ނޭޕާލަށް އުފަން ނެށުންތެރިޔާ ތޭރިޔާ އެވެ.

"ޖަލަކް ދިކްލާ ޖާ" އަކީ 2006 ގައި ގެނެސްދޭން ފެށި ޝޯއެކެވެ. މި ޝޯ 2006-2011 އަށް ގެނެސްދިނީ ސޮނީ ޓީވީންނެވެ. ކަލާޒް އަށް ޝޯ ބަދަލުވީ 2012 ގަ އެވެ.