Last Updated: March 29, 06:30
Friday, March 29, 2024
މުނިފޫހިފިލުވުން

ސޫރަޖްގެ "އޫޗާއީ" ގެ ޕޯސްޓަރެއް

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމު "އޫޗާއީ" ގެ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ދުވަސްވީ އެކުވެރިންތަކެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. އިންޑިއާ އާއި ނޭޕާލްގައި މަންޒަރުތައް ނެގި ފިލްމުގެ ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "އޫޗާއީ" އަކީ ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ގެނެސްދިން ސޫރަޖްގެ 7 ވަނަ ޑައިރެކްޝަނެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އަމީތާބް ބައްޗަން، އަނޫޕަމް ކޭރް، ބޮމަން އިރާނީ، ޑެނީ ޑެންޒޯންގްޕާ، ނީނާ ގުޕްތާ، ސާރިކާ، ނަފީސާ އަލީ އަދި ޕަރިނީތީ ޗޯޕްޅާ އެވެ.

ސޫރަޖް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ އޭނަގެ ފެވަރިޓް ސަލްމާން ޚާންގެ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. އަބަދު ވެސް އާއިލީ ފިލްމުތައް ހަދަން ހާއްސަ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސޫރަޖްގެ ފުރަތަމަ ފިލްމަކީ 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ.

އޭގެ ފަހުން އޭނަ ގެނެސްދިން ފިލްމުތަކަކީ ހަމް އާޕް ކޭ ހޭ ކޯން (1994) ހަމް ސާތު ސާތު ހޭ (1999) ، މޭ ޕްރޭމް ކީ ދިވާނީ ހޫ (2003) އަދި ވިވާ (2006) އެވެ.