Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

ފަވާދާއި މާހިރާގެ "މޯލާ ޖަޓް" އޮކްޓޯބަރުގައި

ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާ ޕާކިސްތާންގެ ފިލްމު "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އަންނަ އޮކްޓޯބަރު މަހުގެ 13 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށް، އޭގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް ދޫކޮށްލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އަކީ ޕާކިސްތާންގެ މަޝްހޫރު ދެ ތެރިން ކަމަށްވާ ފަވާދު ޚާނާއި މާހިރާ ޚާން ލީޑް ރޯލުން ފެނިގެންދާނެ އެއްޗެކެވެ. މަޝްހޫރު ސިލްސިލާ "ޒިންދަގީ ގުލްޒާރު ހޭ" އިން މަގުބޫލުވެގެން ދިޔަ މި ޖޯޑަކީ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު ދެ ތަރިންނެވެ.

މާހިރާ ކުޅުނު ހިންދީ ފިލްމަކީ ޝާހްރުކް ޚާންގެ "ރައީސް" އެވެ. ފަވާދު ކުޅުނު ފިލްމުތަކަކީ "ހޫބްސޫރަތު" އާއި "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން "އޭ ދިލް ހެ މުޝްކިލް" އެވެ.

ޕާކިސްތާންގެ އެންމެ މަގުބޫލު ސްކްރީން ޖޯޑުގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ފަވާދާއި މާހިރާގެ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އަކީ ބޮޑު ބަޖެޓަކުން ޕަންޖާބީ ބަހުން ހަދާފައިވާ އެކްޝަން ޑްރާމާއެކެވެ. މިއީ 1979 ގައި ރިލީޒްކުރި ޕާކިސްތާންގެ ކަލްޓް ކްލަސިކް "މޯލާ ޖަޓް" ގެ ރިމޭކެކެވެ. އާ ފިލްމު ޑައިރެކްޓްކުރީ ބިލާލު ލަޝާރީ އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ހަމްޒާ އަލީ އައްބާސީ އާއި ހުމައިމާ މަލިކް ވެސް ހިމެނެ އެވެ.