Last Updated: April 25, 09:17
Thursday, April 25, 2024
މުނިފޫހިފިލުވުން

"މާސްޓަ ޝެފް އިންޑިއާ" ސޮނީ އަށް

މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ޓީވީ ޝޯ، "މާސްޓަ ޝެފް" ގެ އިންޑިއާގެ ވާޝަންގެ އާ ސީޒަނެއް ގެނެސްދޭން ނިންމައި އޭގެ ޕްރޮމޯ ވެސް ދައްކަން ފަށައިފި އެވެ.

"މާސްޓަ ޝެފް އިންޑިއާ" ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން ނަމަވެސް ހަތް ވަނަ ސީޒަން ގެނެސްދޭން ހަމަޖެހިފައި ވަނީ ސޮނީ ޓީވީންނެވެ. އަދި ވަރަށް އަވަށް ޝޯ ގެނެސްދޭން ފަށާނެ ކަމަށް އެ ޗެނެލުން މިހާރު ދައްކަމުން އަންނަ ޕްރޮމޯގައި ބުންޏެވެ.

"މާސްޓަ ޝެފް އިންޑިއާ" ގެ ހަ ވަނަ ސީޒަން ގެނެސްދިނީ 2020 ގަ އެވެ. އެ ސީޒަން ކާމިޔާބުކުރީ އަބިނާސް ނަޔަކެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "މާސްޓް ޝެފް އިންޑިއާ" ގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2010 ގަ އެވެ. އެ ޝޯގެ ޖަޖެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު ވެސް ބައިވެރިވި އެވެ.

ނަމަވެސް އާ ސީޒަންގެ ޖަޖުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުން ތަޖުރިބާކާރު ތިން ޖަޖަކު ޝޯގައި ބައިވެރިވާނެ އެވެ.

އިންޑިއާގައި "މާސްޓަ ޝެފް" ހިންދީ ބަހުގެ އިތުރުން ތެލެގޫ އާއި ތަމަޅަ ބަހުން ވެސް ގެނެސް ދީފައިވެ އެވެ.