Last Updated: April 16, 11:51
Tuesday, April 16, 2024

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމު "ތާރިގް" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ އޭގެ ޓައިޓްލް ރޯލު ކުޅެން ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް ސޮއިކޮށްފި އެވެެ.

މި ފިލްމު ހަދަނީ އޭނަގެ ފިލްމު ކުންފުނި، ޖޭއޭ އެންޓަޓައިންމަންޓާއި ބޭކް މައި ކޭކް ފިލްމްސް ގުޅިގެންނެވެ. "ތާރިގް" ގެ ޑައިރެކްޓަރަކީ ޖޯން މިހާރު ޝޫޓްކުރަމުން އަންނަ އެކްޝަން ތުރިލާ "ތެހެރާން" ގެ ވެސް ޑައިރެކްޓަރު އަރޫން ގޯޕަލަން އެވެ. ނަމަވެސް މި ފިލްމުގެ ޕްލޮޓާއި އިތުރު ކާސްޓުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއްނުކުރެ އެވެ.

އެކަމަކު "ތާރިގް" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައި އެ ރިލީޒްކުރާ ތާރީހު އިއުލާންކޮށްފައިވެ އެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓް 15 ގަ އެވެ.

ޖޯންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "އޭކް ވިލަން ރިޓާންސް" އެވެ.