Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ނުރައްކާތެރި ޖެލީފިޝްތަކެއް ފެންނާތީ ސަމާލުވާން އެދިއްޖެ

ހުޅުމާލޭ ބީޗުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް އެޗްޑީސީން އެދިއްޖެ އެވެ.

އެ ސަރަހައްދުން ފެންނަމުން ދަނީ "ބްލޫ ބޮޓަލް" ނަމަކަށް ކިޔާ ބާވަތެއްގެ ޖެލީފިޝްތަކެކެވެ.

އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނީ ހުޅުމާލެ ބީޗުން ނުރައްކާތެރި ޖެލީފިޝްގެ ބާވަތެއް ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ. އެގޮތުން ބީޗު ސަރަހައްދަށާއި މޫދަށް ގޮސް އުޅޭ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހުޅުމާލޭގެ މޫދު ސަރަހައްދުން ނުރައްކާތެރި ޖެލީފިޝް ތަކެއް މީގެކުރިން ވެސް ފެނިފައިވެ އެވެ.