Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި އެވެ.

ތެލަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް 16.32ރ. އަށް ލިބޭނެ އެވެ. ކުރިން ޑީސަލް ވިއްކީ 16.77ރ. އަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް 16.55ރ. ވިއްކި އިރު މިއަދުން ފެށިގެން 15.97ރ. އަށް ލީޓަރެއް ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާކެޓުގައި ތެލުގެ އަގުތައް އެތައް ފަހަރެއްގެ މަތިން އުފުލިފައިވާއިރު އެ ކުންފުނިން ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާނީ އެންމެ ދެ ފަހަރު ކަމަށެވެ. އަދި ތެލުގެ އަގު ބަދަލު ކުރުމުގައި އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ބޮޑުވި ނިސްބަތުން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތައް ބަދަލު ކޮށްފައި ނުވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަށްފަހު މިހާރު އަނެއްކާވެސް ތެލުގެ އަގުތައް ދަށަށް ދާން ފަށާފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.