Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

ރައީސް އިނގިރޭސިވިލާތުން ވަޑައިގެންފި

މިދިޔަ ހޯމަ ދުވަހު ބޭއްވި އިނގިރޭސީ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް
އިބްރާހީމް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެ ކަނބަލުން މި ދަތުރުފުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނެވުމުގެ އިތުރުން ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ތަޢުޒިޔާގެ މެސެޖު ވެސް ލިޔުއްވި އެވެ.

ރާނީ އެލިޒަބަތު ދޭއް 96 އަހަރުގައި އަވަހާރަވީ މި މަހުގެ 8 ގަ އެވެ. އެ ކަމަނާގެ ޖަނާޒާގައި ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ބައިވެރިވެވަޑައިގަތެވެ.