Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ރައީސް އަންނަ ހަފުތާގައި އުތުރަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުތުރުގެ ހަތަރު ރަށަކަށް އަންނަ ހަފުތާގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްހެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ހއ. އުތީމާއި އެ އަތޮޅު ދިއްދު އާއި ހދ. ފިނޭގެ އިތުރުން އެ އަތޮޅު ނައިވާދު އަށް ކަމަށެވެ.

އެ ރަށްތަކަށް ރައީސް ކުރައްވާ ދަތުރު ފައްޓަވާނޫ އަންނަ ހޯމަ ދުވަހު އެވެ. އަދި އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ. ރައިސްގެ މި ދަތުރުގެ ތެރެއިން ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.

"މި ދަތުރުފުޅުގައި، މި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރުއޫތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވާނެ،" މިއުވާން ވިދާޅުވި އެވެ. މިހާރު އުތުރުގައި ފަށާފައިވާ ކާމިޔާބު މަޝްރޫއުތަކާއި އާރުޓީއެލްގެ ދަތުރުތައް ކުރިއަށް ދާ ގޮތާއި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ވެސް ބައްލަވާލައްވާނެ."

އޭނާ ވިދާޅުވީ ދިވެހިންގެ ޖަޒީރާ ދިރިއުޅުމަށް އެނބުރި ދިޔުމަށް ކުރަމުންދާ މަސައްކަތުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކޮންމެ ރަށެއްގައި ވެސް އަސާސީ ޚިދުމަތްތައް އެހެން ރަށްރަށަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށް، ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކާ އެކީގައި ކަމަށެވެ.

އަދި މިމަސައްކަތުގައި ބޮޑު ތިލަދުންމައްޗަކީ ނަމޫނާ ސަރަހައްދަކަށް ކަމަށް ވެސް ވިދާޅުވި އެވެ.