Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވި ބޯޓެއް އަތުލައިގެންފި

އެމްއެންޑީއެފް ކޯސްޓްގާޑް: ފޮޓޯ/ އެމްއެންޑީއެފް

ޤާނޫނާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް އެމްއާރުސީސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު، އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަމަށެވެ.

މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗް އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކމަށާއި މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ.އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.