Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މި ސަރުކާރަށް ގެނެވުނު ތަރައެއްގީއެއް ނެތް: ޖަމީލު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިހާތަނަށް ރާއްޖެ އަށް ގެނެެސްދެވުނު އެއްވެސް ތަރައްގީއެއް ނެތް ކަމަށް ކުރީފެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން މިހާރު ބޭނުން ވަނީ ރައީސް އޮފީހުން ބޭރުކުރަން ކަމަށެވެ. އެހެންވެ ރައްޔިތުން މިހާރު އެންމެ އެދެނީ ވޯޓަކަށް ކަމަށް ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ގެނެވުނު ތަރައްގީއެއް ނެތް ތާނގާގައި ހަދަން ނިންމި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ (ވީއައިއޭ) ގެ ޓާމިނަލް ވެސް ނިންމިފައި ނެތް ކަމަށެވެ.

"ގެނެވުނު ތަރައްގީއެއް ނެތް. އާޓާމިނަލް ނުނިންމުނު. ދިވެހިން ބާކީ. އައްޑު އަށް ޕައުންޑް ނުލިބޭ. ރައީސް ސޯލިހުގެ ވާހަކަ އަޑުއަހާ ވަރަކަށް ރައްޔިތުން ބޭނުން ވަނީ ވޯޓަށް [އިންތިހާބަކަށް ދާން]،" ޖަމީލު ވިދާޅުވި އެވެ. "ވީހާ އަވަހަކަށް ރައީސް އޮފީހުން ބޭރުކުރަން. އަޑުއަހަން ބޭނުންވަނީ "ސޮރީ، މަށަށް މިކަންކުރަން ނޭނގުނު."