Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އީޔޫގެ ވަފުދާ ޔާމީން ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފްދުގެ ބޭފުޅުންނާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވައިފި އެވެ.

ޕީޕީއެމުން ބުނީ މި ބައްދަލުވުމަކީ އީޔޫގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި މެދު ހުރި ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ލިބިފައިވާ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ރައްޔިތުންގެ ހައްގުގައި އިދިކޮޅަށް މަޖިލީހުގައި ވަކާލާތު ކުރަން ފުރުސަތު ނެތްކަން ވެސް ހިއްސާކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.

މީގެއިތުރުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ރަނގަޅު އަގެއް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށާއި ރަށްށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އީޔޫގެ އެހީ ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ޕީޕީއެމުން މައުލޫމާތުދެ އެވެ.