Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސިފައިންނަށް ޖިންސީ ފުރައްސާރައާ ގުޅޭ ސެޝަނެއް

އައްޑޫގައި ތިބޭ ސިފައިންނަށް "ވަޒީފާގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ" ގެ ނަމުގައި ހޭލުންތެރިކަމުގެ ސެޝަނެއް ބާއްވައިފި އެވެ.

މި ސެޝަން ކުރިއަށް ގެންދިޔައީ ޖެންޑަރ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އެ(ޗްއާރްސީއެމް) ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ޤާއިމްވެ ތިބޭ ސިފައިންނަށް އިއްޔެ އެވެ.

އެ ސެޝަނުގައި ވަޒީފާގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ އަކީ ކޮބައި ކަމާއި ޖިންސީ ފުރައްސާރައަކަށް އަމަލުތައް ބަދަލުވެގެން ދަނީ ކިހިނެއްކަމާއި، ޖިންސީ ފުރައްސާރަ ރިޕޯޓް ކުރާނެ ގޮތްތަކާއި މިކަމާ ބެހޭ ގޮތުން ތަންފީޒު ކުރެވޭ ގާނޫނުތަކާއި ވަޒީފާ ދޭ ތަންތަނުގައި މިކަމާ ގުޅޭ ގޮތުން އެކުލަވާލެވިފައިވާ އޮންނަ ކޮމިޓީގެ ދައުރު ބުނެދިނުން ފަދަ މައުލޫމާތުތައް ދީފައިވެ އެވެ.

ސެޝަނުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެޑްމިން އެންޑް ޕާސަނަލް އޮފިސާ މޭޖަ ޢަބްދުﷲ ޝަނީޒާއި އެ އޭރިއާ ކޮމާންޑުގެ ސާޖަންޓް މޭޖާ، އަހުމަދު އިމްތިޔާޒް އާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.