Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ވޯލްޑް ކަޕުން ކެޓުމުން ސުއަރޭޒް ރާއްޖެ އަށް

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުން އުރުގުއޭ ކަޓާފައިވާ އިރު، އެ ޓީމްގެ މަޝްހޫރު ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ރާއްޖެ އަށް ޗުއްޓީ އަށް އަތުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އަންހެނުން ސޯފިއާ ބަލްބީ އާއި ތިން ދަރިންނާ އެކީ ސުއަރޭޒް، 35، ރާއްޖެ އައީ އިއްޔެ އެވެ. އޭނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. ނަމަވެސް ރާއްޖެ ދަތުރާ ގުޅޭ އެއްވެސް ފޮޓޯއެއް އަދި ސުއަރޭޒްގެ އަމިއްލަ ސޯޝަލް މީޑިއާގައި ނެތެވެ. އަދި އެ މީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ވެސް ނޭނގެ އެވެ.

އުރުގުއޭ ހިމެނުނީ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގަ އެވެ. އެ ގްރޫޕަކީ ޕޯޗްގަލާއި ގާނާ އަދި ދެކުނު ކޮރެއާ ވެސް ހިމެނޭ ގްރޫޕެވެ.