Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ޖިންސީ ފުރައްސާރަކުރި ޑްރައިވަރަކު ހަައްޔަރުކޮށްފި

އައްޑޫ ލިންކް ރޯޑުން ކާރެއް ދަތުރު ކުރަނީ.

އައްޑޫގައި ކާރެއްގެ ތެރޭގައި ޑްރައިވަރަކު ކާރުން ދަތުރުކުރި އަންހެނަކަށް ޖިންސީ ގުނަވަން ދައްކައި ފުރައްސާރަކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު އެ މައްސަލަ ހުށަހެޅުމާ ގުޅިގެން 44 އަހަރުގެ މީހަކު ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނާތީ އިތުރު އެެއްވެސް ތަގުސީލެއް ނުދެ އެވެ.

ހިތަދޫގެ ޑްރައިވަރަކު ޖިންސީ ނުގަންވަން ދައްކައި، ފުރައްސާކުރި މައްސަލަ ފުލުހުންނ ބަލަން ފެށި، އިރު މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ. އަދި ފުރައްސާރަ ލިބުނު މީހާ ބުނެފައިވާ ގޮތުގައި އެކަމާ ގުޅިގެން ފަހުން ޑްރައިވަރު އޭނަގެ ކިބައިން މައާފަށް އެދި އެކަން ސިއްރުކޮށް ދޭން ވެސް އެދިފައިވެ އެވެ.