Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވައިފި: ހަސަން

ރައީސް ނަޝީދާއި، ހަސަން ލަތީފް - ފޮޓޯ: ރާއްޖެއެމްވީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގްޒިޓް ޕޯލް ތަކުން ދައްކާ ގޮތުގައި ނަޝީދު 64.7 ޕަސެންޓާ އެކު އޮތީ ކުރީގައި ކަމަށެވެ.

"ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރައްވައިފި." ހަސަން ވިދާޅުވި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.