Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި އެވެ.

ވާދަވެރިކަން ބޮޑުވި ޕްރައިމަރީގައި ރައީސް ވާދަކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާ އެވެ.

މިހާތަނަށް ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނިމިފައިވާއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ. އެގޮތުން ރައީސް ވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ 65 ޕަސެންޓް ހޯއްދަވާފަ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެ އެވެ. މި އިންތިހާބުގައި 243 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.