Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ޕްރައިމަރީގައި ހަމަނުޖެހުން ހިންގި މީހުން ދޫކޮށްލައިފި

އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ވޯޓްފޮށިތަކެއް ފަޅައިލުމާއި ވޯޓުފޮށީގަައި ހުރި ކަރުދާސްތައް އުކައިލި ދެ މީހަކު ފަދަ މައްސަލަތަކަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގދ. ތިނަދޫން މީހަކާއި އެ އަތޮޅު ރަތަފަންދޫން ދެ މީހެއްގެ އިތުރުން މާލޭގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ދާއިރާތަކުގެ ވޯޓުފޮށި ގުނުމުގެ މައްސަަކަތް ކުރަމުން ދަނިކޮށް ވޯޓުފޮށީގަައި ހުރި ކަރުދާސްތައް އުކާލި ދެ މީހެކެވެ.

އެ މީހުން ދޫކޮށްލި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ޕްރައިމަރީގައި ހަމަނުޖެހުން ހިންގީ ޕްރައިމަރީގައި ވާދަކޮށް ބަލިވެވަޑައިގަތް ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންތަކެކެވެ.