Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދު

އަންނަ މަހުގެ ހަވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ ގޮތަށް ނިންމެވީ އެއީ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށް ވާތީ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ އޮފީހުން ނިންމީ ޖެނުއަރީ 21، 2019 ގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އަންނަނީ ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަމުންނެވެ.