Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ހުކުމް ލަސްވާތީ ގާޒީއެއްގެ ސުލޫކީ މައްސަލައެއް

މައްސަލައެއްގައި ހުކުމް ކުރުން ލަސްވާތީ ސިވިލް ކޯޓުގެ ގާޒީއެއްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސަސް އެއްކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އެތަނުން ނެރުނު އިއުލާނެއްގައި ބުނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުންތައް ނިންމައިލުމަށް ފަހު، އެ މައްސަލައިގެ ހުކުމް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. މިކަމާ ގުޅިގެން ސުލޫކީ މައްސަލަ ބަލަނީ ގާޒީ ފައްޔާޒް ޝާތިރާ ދެކޮޅަށް ޖޭއެސްސީ އަށް ހުށަހަޅާފައި އޮތް މައްސަލަ އެވެ.

އޭނަގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅީ މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ އެވެ.