Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފަށައިފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ޓޯ ކުރަން އެޗްޑީސީން މިއަދު ފަށައިފި އެވެ.

އުޅަނދު ޓޯ ކުރަން މިއަދު ފަށާފައި ވަނީ ހުޅުމާލެ ޕާކިން ޒޯންތަކާއި ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގާނެކަން ކުރިން އެންގުމަށްފަހު އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 ގައި އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ ރަށުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތް ކުރާ މީހުންނަށް ގިނަ ދަތިތަކެއްް ކުރިމަތިވަމުންދާ ކަަމަށް ބުނެފަ އެވެ.

އެގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި މިފަދަ އުޅަނދުތައް ބަލައި ސާވޭ ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެގޮތުން ހުޅުމާލެ ޕާކިން ޒޯންތަކާއި ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި ހަލާކުވެފައި އުޅަނދުތައް / ސުން ބޯޑްގައި ހުރި އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.