Last Updated: April 16, 11:02
Tuesday, April 16, 2024
ޚަބަރު

ޓޫރިސްޓް މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މޫދުގައި އޮތް ޓޫރިސްޓެއްގެ ގައިގައި ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި މަރުވި ހާދިސާއާ ގުޅިގެން، އެ ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.

މިދިޔަ މަހުގެ 29 ގައި ކ. ތުލުސްދޫ ކައިރިން ކުޑަވިލިނގިލި ކަނޑުއޮޅިއާ ދިމާލުގައޮި ހިނގި ހާދިސާގައި މަރުވީ އަންހެނުންނާ އެކީ ޗުއްޓީ އަށް އައި ޕޮލެންޑްގެ އައި 52 އަހަރުގެ މީހެކެވެ. އެ މީހާ މޫދުގައި އޮއްވައި ޑިންގީ އޭނަގެ ގައިމަތިން ދިޔުމުގެ ސަބަބުން ބައެއް ގުނަވަންތައް ބުރިވެ، ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ޑިންގީ ދުއްވަން އިން 45 އަހަރުގެ މީހެކެވެ. އޭނަ ހައްޔަރުކޮށް ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.