Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ފޭދޫ ކައުންސިލަރު ފައިސަލް އެމްޑީޕީ އަށް ސޮއިކޮށްފި

މިހާތަނަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އައްޑޫ ފޭދޫ ކައުންސިލަރު މުހައްމަދު ފައިސަލް މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވައިފި އެވެ.

އޭނަ އެ ޕާޓީ އަށް ސޮއިކުރައްވައި ޗެއާޕާސަން ފައްޔާޒް އިސްމާއީލާ މާލޭގައި ފޯމު ހަވާލުކުރި ބައްދަވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިސަލަކީ ފޭދޫގެ ދެ ކައުންސިލަރުންގެ ތެރެއިން އެއް ކައުންސިލަރެވެ. ފައިސަލް ތަމްސީލުކުރައްވަނީ ފޭދޫ މާދެލަ ދާއިރާ އެވެ. އަދި ޕީޕީއެމަށް ނިސްބަތްވާ އައިމިނަތު ސަލްމާ އަކީ ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރެވެ. ފައިސަލް ޕާޓީ ބަދަލުކުރެއްވި އިރު، އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީއަށެވެ.

ފައިސަލަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ ގޮތުގައި ވެސް އައްޑޫގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.

އޭނަ އެމްޑީޕީ އަށް ސޮއިކުރެއްވުމާ ގުޅިގެން ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު މަރުހަބާ ވިދާޅުވެފައިވެ އެވެ.